ފެހެންދޫގައި ހެއްދި މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ

މިހާރު

12 ނޮވެމްބަރު 2025 | ބުދަ | 1:38

އަމިއްލަ ކުންފުންޏަކުން ބ. ފެހެންދޫގައި ހެއްދި މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން ފެށީ މި އަހަރު ކުރީކޮޅު އެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ ފްލޯޓިން އޭކާސް އިން ފެހެންދޫގައި ފެށި އެ މަޝްރޫއު މިދިޔަ ފެބްރުއަރީ މަހު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ޝިޔާމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ 8 މަސްދުވަސްކުރިން ފެށި އެ މަޝްރޫއު ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އާލާކުރި މޫދުވިނަ ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަން އެ ކުންފުނިން ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް