ސައިބާ ކްރައިމް އާއި ޓެރަރިޒަމް ފަދަ މައްސަލަތަކަށް ގައުމުތައް ގުޅިގެން ހައްލު ހޯދަންޖެހޭ: އަބްދުއްރަހީމް

މިހާރު

12 ނޮވެމްބަރު 2025 | ބުދަ | 2:57

ޓެރަރިޒަމާއި ސައިބާ ކްރައިމް ފަދަ ގޮންޖެހުންތަކަށް އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ގުޅިގެން މަސައްކަތް ކޮށްގެން ހައްލުތައް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ކުރިއަށްދާ އިންޓަ ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސްގައި އިއްޔެ ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އަމާން ކަމާއި ތަަރައްގީއަކީ މިޒަމާނުގައި ވަކި ނުކުރެވޭނެ ދެކަންތައް ކަމަށެވެ. އޭގެ ތެރެއިން ކަމެއް ގެއްލިއްޖެ ނަަމަ އަނެއް ކަންތައް ދެމެހެއްޓިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓެރަރިޒަމް، ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސައިބާ ކްރައިމް ފަަދަ ގޮންޖެހުންތަަކަށް ޕާލަމެންޓްތަކުން ރައްދު ދޭން ޖެހޭނީ ކޯޑިނޭޓްކޮށްގެން، ދުރާލާ އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ގެންނަ ގާނޫނީ ހައްލުތަކަކުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް