ބަޖެޓް 2026: އޭސީސީގެ ގާނޫނޫ ޒިންމާ އަދާކުރެވޭ ވަރަށް ވުރެ ކުޑަ ބަޖެޓެއް!
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 3:53
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައި ވަނީ ގާނޫނީ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް އެ އިދާރާގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ބަޖެޓް ދިރާސާ ކޮމިޓީީގެ ބައްދަލުވުމުގައި ޝާމިލް ވިދާޅުވީ، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ އެ އިދާރާގެ ބަޖެޓް ސީލިންގަށް ވުރެ ވެސް ދަށް ބަޖެޓެއް ކަމަށެވެ.
އެ އިދާރާގެ ބަޖެޓް ސީލިންގަކީ 49.8 މިލިއަން ރުފިޔާ އެވެ. އެކަމަކު ބަޖެޓު ފޮތުގައިވާ ގޮތުން އޭސީސީ އަށް އަންނަ އަހަރަށް ކަނޑައެޅީ 47.4 މިލިއަން ރުފިޔާ އެވެ.