"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
މިހާރު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 11:26
ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ އާ ފިލްމު "ހައްގު"އަށް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބެން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި އެ ފިލްމަށް ކްރިޓިކްސްގެ ތައުރީފު ލިބިފައިވާއިރު، ރޭޓިން ވެސް މައްޗަށެވެ. އައިއެމްބީޑީގައި 8.9/10 އާއި ރޮޓެން ޓޮމާޓޯގައި 80 ޕަސެންޓްގެ ރޭޓިންއެއް އެ ފިލްމަށް ވަނީ ލިބިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ފަސް ދުވަހު އެ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ވަނީ 11.25 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެ ފިލްމަކީ 40-45 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.