ސައީދަށް ކުރާ ދެވަނަ ދައުވާގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 4:26
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރަނީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެ 2023 ވަނަ އަހަރު ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން ހަދާފައިވާ އައިސް ޕްލާންޓެއް ފެނަކައަށް ގަތް ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ސައީދުގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް އޭނާ ކުރިން އިންކާރު ކޮށްފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.