ސަރުކާރުގެ ރޯދަ ހަދިޔާއަކީ މި ފަހަރު ވެސް މަސްދަޅު ކޭހެއް
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 5:49
އަންނަ އަހަރުގެ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން މަސްދަޅު ބަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރު އާދަމް ޝަރީފު "މިހާރު" އަށް ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ފަށާ އެ އަހަރުގެ ރޯދަމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދޫކުރާނީ ކުރީ ފަހަރެކޭ އެއްގޮތަށް މަސްދަޅު ކޭހެއް ކަމަށެވެ.
އޭގެ ތަފުސީލް ނުދެއްވި ނަމަވެސް ރޯދަ ހަދިޔާ ބެހުމަށްޓަކައި ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ ގޭބީސީތަކުގެ މައުލޫމާތު ނަގަން ފަށައިފަ އެވެ.