ގުޅީ ބިންހިއްކައި ނިންމައި ބަނދަރު ބޮޑުކުރަން ހަވާލުކޮށްފި

މިހާރު

12 ނޮވެމްބަރު 2025 | ބުދަ | 8:54

ކ.ގުޅީގައި ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ މަސަައްކަތް އެމްޓީސީސީން ނިންމުުމުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސަައްކަތް ވެސް ސަރުކާރުން މިއަދު އެ ކުންފުންޏާ ހަވާލުކޮށްފި އެވެ،

ގުޅީ ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިިކޮށްދެއްފީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ނިމުމަކީ ވަރަށް ގިނަ ބައެއްގެ ކެކުޅުންތަކަށް ނިމުން ގެނެވި، އެރަށުގެ ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމެއް ކަމަށެވެ. އެ މަޝްރޫއު ނިމުނީ ވަަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް