ނަތަންޔާހޫގެ ކޮރަޕްޝަނަށް މާފު ދޭން އެދި އިޒްރޭލުގެ ރައީސަށް ޓްރަމްޕުގެ ސިޓީއެއް

މިހާރު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 6:51

ކޮރަޕްޝަނުގެ ތިން މައްސަލައެއްގައި ދައުވާ އުފުލާފައިވާ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މާފު ދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށް އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ބުނެފި އެވެ.

ނަތަންޔާހޫ ބުނަމުންދަނީ އޭނާއާ ދެކޮޅަށް ކުރާ ދައުވާތަކުގައި ބުނާ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެއީ ސިޔާސީ ގޮތުން ކޮށްގެން އުޅޭ ދައުވާތަކެއް ކަމަށެވެ.

މިދިޔަ މަހު އިޒްރޭލަށް ޓްރަމްޕު ކުރި ޒިޔާރަތުގައި، ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ ނަތަންޔާހޫއަށް މާފު ދިނުމަށް ހަރްޒޮގްގެ ކިބައިން އެދިފަ އެވެ.

މައުޟޫޢުތަށް