އެޓްލާންޓިސްގެ ރިސޯޓެއް 2029 ގައި ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ

މިހާރު

12 ނޮވެމްބަރު 2025 | ބުދަ | 10:45

ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ޓޫރިސްޓު ރިސޯޓު ބްރޭންޑް، އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ.

ދެކުނު މާލެ އަތޮޅުގައި އޮންނަ ވާރެއްދޫގައި އެ ރިސޯޓު ހަދަނީ ކުރަނީ ވަކި ދެ ރަށެއްގެ ގޮތަށެވެ އޭގެ ތެރެއިން އެއް ރަށް ހަދަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ އާއިލާތަކަށް ހާއްސަކޮށް "ފެމިލީ ރިސޯޓެއް" ގެ ގޮތުގަ އެވެ. އަނެއް ރަށް ހަދަނީ ލަގްޒަރީ ކޮންސެޕްޓަށެވެ.

އެ ދެ ރަށުގައި 270 ކޮޓަރި އާއި 223 ވިލާ ހަދާއިރު، ތަފާތު 20 ރެސްޓޯރަންޓަކާއި ސްޕާ، އިންޑޯ އަދި އައުޓްޑޯ ފިޓްނެސް ސެންޓަރުގެ ހިދުމަތް ގެސްޓުންނަށް ލިބެން ހުންނާނެ އެވެ.

މައުޟޫޢުތަށް