ސެމީ ފައިނަލުން ދަތުރުކޮށް ރަފާ އާއި ދީމާ މެޑަލް ކަށަވަރުކޮށްފި!
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 10:21
ސައުދީ އަރަބިއާގެ ރިޔާޟްގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ޑަބަލްސްގައި ރާއްޖޭގެ ޕެއާ ފާތީމަތު ދީމާ އަލީ އާއީ އާއީޝަތު ރަފާ ނާޒިމު ސެމީ ފައިނަލުން ޖާގަ ހޯދައި މެޑަލް ކަށަވަރުކޮށްފި އެވެ.
ޑަބަލްސް އިވެންޓްތަކުގެ ކުއާޓާ ފައިނަލުގައި ރަފާ އާއި ދީމާގެ ޕެއާއާ ދެކޮޅަށް ނުކުތީ މިސްރުގެ ޔުސްރާ އަޝްރަފް އަބްދުރާޒިގް އާއި ހިންދު މުހައްމަދު ފަތުހީ އަބްދުލްހަލީމެވެ.
ރަފާ އާއި ދީމާގެ ޕެއާ މެޗު ކާމިޔާބު ކުރީ 3-1 ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް 11-3 ހިންދު އާއި ޔުސްރާ ކާމިޔާބު ކުރި ނަމަވެސް އަނެއް ތިން ގޭމް ރާއްޖޭގެ ޕެއާއިން ކާމިޔާބު ކުރީ 11-9، 13-11 އަދި 11-5 ންނެވެ.