ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ރައީސް ބައްލަވާލައްވައިފި
މިހާރު
12 ނޮވެމްބަރު 2025 | ބުދަ | 11:51
ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެ މަނިކުފާނު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް ވަނީ މިއަދު ހަވީރު ކ. ގުޅި އަށް ވަޑައިގަތުމަށް ފަހު، ރަސްމާލެ އަށް ވަޑައިގެން އެ ސަރަހައްދު ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތުގެ މައުލޫމާތު ހޯއްދަވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް އިންގިލާބީ ބަދަލެއް ގެންނަން ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދާ ކަމަށާއި ސައިޓް-ޖޭގެ އެއްކޮށް ހިއްކާ ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.