"އައިފޯން ޕޮކެޓް" އަށް ޖޯކު ޖަހަނީ: އިސްޓާކީނެއް ބުރިކޮށްލާފައި 230 ޑޮލަރަށް؟

މިހާރު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 6:26

އައިފޯން ލައިގެން ގެންގުޅޭ "ކެރީން ކޭސް" އެއް ކަމަށް ބުނެ އެޕަލް އިން ބާޒާރަށް ނެރުނު "އައިފޯން ޕޮކެޓް" އަށް ފާޑުކިޔުން އަމާޒުވެ ޖޯކު ޖަހަން ފަށައިފި އެވެ.

އައިފޯނެއް ފިޓުވާ ފުޅާމިނުގައި، ވިޔެގެން ހަދާފައިވާ ކުޑަ ދަބަހެއް ނަމަވެސް އެ އޮންނަ ގޮތާއި އޭގެ އަގުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފާޑު ކިޔާފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ އިސްޓާކީނެއްގެ ފައިތިލައާ ހިސާބު ބުރިކޮށްލާފައި އޭގެ މަތީބައި 230 ޑޮލަރަށް ވިއްކުމެވެ.

އެޕަލްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މީގެ ސްޓްރެޕް ނުވަތަ ކޮނޑުގައި އަޅުވާ ބައި ކުރު ވައްތަރު ވިއްކަނީ 149.95 ޑޮލަރަށެވެ. އަދި ދިގު ވައްތަރު 229.95 ޑޮލަރަށެވެ.

މައުޟޫޢުތަށް