ކައުންސިލް އިންތިހާބަށް ބޯމަތިވާއިރު ވެސް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހާމަނުކުރާތީ އެމްޑީޕީން ކަންބޮޑުވެއްޖެ
މިހާރު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 1:43
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުންދާއިރު ވެސް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހާމަނުކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަތޮޅު ކައުންސިލްތައް އުވާލުން ފަދަ ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު ވެސް އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި ނުވާތީ އަދި އެ ބަދަލުތައް ގެންނަން އުޅޭކަން އެނގުނަސް، އެއީ ކޮން ބަދަލުތަކެއްކަން މިހާތަނަށް ސާފުވެފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.