މުސާރަ ބޮޑުވާނަމަ ފިސްކަލް ހަރަދު ނުހިފެހެއްޓިދާނެ: ފިނޭންސް

މިހާރު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:34

ޕޭ ހާމަނައިޒޭޝަން ސިޔާސަތާ އެކު ވެސް މުސާރަތައް އެތައް ގުނައެއް ބޮޑުވެފައި ވާއިރު، މިހާރު އެކަމަށް ކުރާ ހޭދަ އިތުރަށް ބޮޑުވާނަމަ ފިސްކަލް ހަރަދު ނުހިފެހެއްޓޭ މިންވަރަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ދިރާސާކުރާ ކޮމިޓީގައި، މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ މުސާރައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ބޮޑުވަމުން ދިއުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ބަޖެޓްގެ ނިސްބަތުން ބޮޑު އަދަދެއް މުސާރައަށް ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމައެކަނި މުސާރައަށް އަންނަ އަހަރުގެ ބަޖެޓުގައި 14.8 ބިލިއަން ރުފިޔާ ހޭދަ ކުރާއިރު، ޕެންޝަނަށް ދައްކަންޖެހޭ އަދަދާ އެކު އެ އަދަދު 17 ބިލިއަން ރުފިޔާއަށް އިތުރުވާ ކަމަށެވެ. އެހެންވެ، އެއީ ބަޖެޓުގެ ޖުމްލަ އަދަދުގެ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް