އަގު ހެޔޮކޮށް ވިއްކާ ފްލެޓްތައް އަޅަން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި

މިހާރު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 2:26

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓްތައް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.

އަލަށް އުފެއްދި ކުންފުންޏަކީ ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އެވެ.

ފްލެޓް އަޅާ ބިންތައް ހަވާލު ކުރުމަށް ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން ކަމަށެވެ.

މައުޟޫޢުތަށް