ޕީއެންސީގެ ޖަލްސާއަށް ރަށްރަށުން ގިނަ ބަޔަކު މާލެއަށް
މިހާރު
13 ނޮވެމްބަރު 2025 | ބުރާސްފަތި | 3:03
ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން މާލޭގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާއަށް ރަށްރަށުން ގިނަ ބަޔަކު މާލެ އަންނަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ޖަލްސާގައި ބައިވެރިވުމަށް އިއްޔެއިން ފެށިގެން އެ ޕާޓީގެ ސަޕޯޓަރުން ވަނީ މާލެ އަންނަން ފަށައިފަ އެވެ. މިއަދު ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
އައްޑޫގެ ޕީއެންސީގެ ސަޕޯޓަރުން ގެނައުމަށް މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 ގެ ފްލައިޓެއް ވެސް ވަނީ ގަމަށް ބާއްވައިފަ އެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ފްލައިޓްތަކުގައި ވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މާލެ އައިސްފަ އެވެ.