ނޭޝަނަލް ނިއުސް އެޖެންސީ ލޯންޗުކޮށްފި

މިހާރު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 10:00

މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓު ފޯރުކޮށްދޭން "ނޭޝަނަލް ނިއުސް އެޖެންސީ" މިއަދު ލޯންޗުކޮށްފި އެވެ.

ސަރުކާރުގެ ނިއުސް އެޖެންސީ ހެދުމަށް އިންފޮމޭޝަން މިނިސްޓްރީން ޕީއެސްއެމްއާ އެކު ސޮއިކުރީ މިދިޔަ އޮގަސްޓް 7 ގަ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ދަށުން ހިންގާ ނިއުސް އެޖެންސީ އޭގެ ތިން މަސް ފަހުން ލޯންޗުކޮށްދެއްވީ، ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އަދި އިންފޮމޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާނެވެ.

މައުޟޫޢުތަށް