ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާތީ ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން އަންގައިފި

މިހާރު

13 ނޮވެމްބަރު 2025 | ބުރާސްފަތި | 10:59

ފުވައްމުލަކުގެ ސަޕްލައި ފެނުގެ މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ ނުލިބޭތީ އާއްމު ބޭނުމަށް ފެން ދޫނުކުރަން ސިޓީ ކައުންސިލުން މިރޭ އެދިއްޖެ އެވެ.

އެ ކައުންސިލުން ނެރުނު އެންގުމުގައި ބުނީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިހާރު ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ މިހާތަނަށް ވެސް ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މައުޟޫޢުތަށް