އެޑެލް ހޮލީވުޑް ފިލްމެއް ކުޅެނީ
މިހާރު
14 ނޮވެމްބަރު 2025 | ހުކުރު | 11:31
މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް ހޮލީވުޑް ފިލްމެއް ކުޅެން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެޑެލް ކުޅެނީ އެމެރިކާގެ ފެޝަން ޑިޒައިނަރު އަދި ފިލްމު އުފެއްދުންތެރިޔާ ޓޮމް ފޯޑުގެ ކުރިއަށް އޮތް ފިލްމުގެ ރޯލެކެވެ. "ކްރައި ޓު ހެވަން" ކިޔާ އެ ފިލްމަކީ ހަމަ އެ ނަމުގައި 1982 ވަނަ އަހަރު އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ އޭން ރައިސް ގެނެސްދިން ވާހަކައަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
ގްރޭމީ އެވޯޑް ކާމިޔާބުކޮށްފައިވާ އެޑެލް ފިލްމެއް މި ކުޅެނީ ފުރަތަމަ ފަހަރަށެވެ.