އެއާޕޯޓަށް ބާރުބޮޑު ދުވަހެއް، 50 އަށްވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް
މިހާރު
14 ނޮވެމްބަރު 2025 | ހުކުރު | 4:54
މިއަދު 50 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލްކޮށްފައިވާ ކަމަށް އެއާޕޯޓްގެ ފްލައިޓް އިންފޮމޭޝަން ސިސްޓަމުން ދައްކައިފި އެވެ.
މިހާ ގިނަ އަދަދަކަށް ފްލައިޓްތައް ޝެޑިއުކޮށްފައި ވާއިރު އެއާޕޯޓްގެ ޑޮމެސްޓިކް ފްލައިޓްގެ އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް ބިޒީވެފަ އެވެ.
އާންމު ފްލައިޓް ޝެޑިއުލްގެ އިތުރުން އިއްޔެ އާއި މިއަދު ޗާޓަރު ފްލައިޓްތައް ވެސް ގެންދަނީ ބާއްވަމުންނެވެ. މީގެ ގިނަ ދަތުރުތަކަކީ ސަރުކާރު ހިންގާ ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް މީހުން އުފުލުމަށް ބާއްވާ ދަތުރުތަކެކެވެ.