ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ

މިހާރު

14 ނޮވެމްބަރު 2025 | ހުކުރު | 5:54

ފުވައްމުލަކުގެ ސަޕްލައި ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ އިން އެ ފެނަކީ ރައްކާތެރި ފެންކަން ދެނެގަނެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.

އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

މައުޟޫޢުތަށް