ޕީއެންސީގެ ބޮޑު ޖަލްސާއަށް މަގު ބަންދުކުރުމުން ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފި

މިހާރު

14 ނޮވެމްބަރު 2025 | ހުކުރު | 7:51

ވެރިކަންކުރާ ޕާޓީ، ޕީއެންސީން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއާ ގުޅިގެން، މާލެ އާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރާ ބައެެއް ބަސް ރޫޓުތަކުގެ ދަތުރުތައް އެމްޓީސީސީން މެދުކަނޑާލައިފި އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީއެންސީން ބާއްވާ ޖަލްސާއާ ގުޅިގެން ފުލުހުން ވަނީ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފަ އެވެ. މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން އެ ޖަލްސާ ނިމެންދެން ބައެއް މަގުތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

އެ ބަދަލާ ގުޅިގެން އެމްޓީސީސީން ބުނީ މިރޭ ދަންވަރު 12:30 އާ ހަމައަށް އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާތީ އެ ކުންފުނިން ފޯރުކޮށްދޭ ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް ވެސް މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ އާރު2 އާއި އާރު8 އާއި އާރު10 އަދި އާރު11 އާއި އާރު12ގެ ދަތުރުތައް ކަމަށް އެ ކުންފުނިން ބުންޏެވެެ.

މައުޟޫޢުތަށް