މާދަމާގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރާނަން: ރައީސް
މިހާރު
14 ނޮވެމްބަރު 2025 | ހުކުރު | 11:37
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުދީ ތިބި ބިދޭސީން މާދަމާ އިން ފެށިގެން ޑީޕޯޓް ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ ރައްޔިތުންނަށް ވެވަޑައިގެން ވައުދުފުޅެއް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި ގޭންގްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކޮށްދެއްވުން ހިމެނޭ ކަމަށެވެ.
ބިދޭސީންގެ މައްސަލައަކީ މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ބޮޑުވަމުން އައިއިރު ވެސް އެކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.