ހީނާ ވިދާޅުވީ ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް!

މިހާރު

15 ނޮވެމްބަރު 2025 | ހޮނިހިރު | 1:10

ސިއްހީ ހާލަތަށް ހަޖޫޖަހައި، މަލާމަތްކޮށް ހަދަނީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އިދިކޮޅު ފަރާތްތަކަށް ރޭ ރައްދު ދެއްވައިފި އެވެ.

ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް ކުރިމަތިވި ބައްޔަކާ ގުޅުވައި، ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުނީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާ ކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ.

"..އަދި ކޮބައިތޯ އަޅުގަނޑށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ؟ ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފަ އަށް ވެސް ހަޖޫޖަހައި އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް ޒައްރެއްގެ މިންވަރު ވެސް ނެތީމަ،" ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ހީނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް