ޕީއެންސީގެ ބޮޑު ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ: ރައީސް

މިހާރު

14 ނޮވެމްބަރު 2025 | ހުކުރު | 11:32

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މިރޭގެ ބޮޑު ޖަލްސާ ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ބައްދަލުވުން ކަމަށެވެ.

"މި ވަގުތު ވެސް މި ތަނުގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން އެބަތިބި ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބިފައި ވަނީ،" އެތައް ހާސް ބަޔަކު ބައިވެރިވި އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް