އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ ރާއްޖެއާ ގުޅުން އޮންނާނެ: ރައީސް

މިހާރު

15 ނޮވެމްބަރު 2025 | ހޮނިހިރު | 12:45

ރައީސް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން އެ މަނިކުފާނު އުޅުއްވުމުން ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވެވަޑައިގެންނެ ކަމަށް.

އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ އެކު، ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާހާ ހިނދަކު އިޒްރޭލާ އެކު ރާއްޖެ އިން މަރުހަބާ ނުކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު، ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރީތި ބީޗުތަކާއި މޫދުތައް ފަލަސްތީނުގެ ރައްޔިތުން މަރައި، އަނިޔާވެރިވާ ބަޔަކަށް މަރުހަބާ ނުކިޔާނެ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ އިން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރީ އެ ސަބަބުތަކަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މައުޟޫޢުތަށް