ކާޖޮލް ބުނީ ކައިވެންޏަށް ވަކި މުއްދަތެއް އޮންނަން ޖެހެޔޭ، އަޖޭ ބުނީ ލޯބީގެ މާނައެއް ނެތް ކަމަށް
މިހާރު
15 ނޮވެމްބަރު 2025 | ހޮނިހިރު | 6:33
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް އަޖޭ ދޭވްގަން އާއި ކާޖޮލް އެ ދެމަފިރިންގެ ލޯބީގެ ހަޔާތާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދައްކައިފި އެވެ.
ކާޖޮލްގެ އަމިއްލަ ޓޯކް ޝޯ "ޓޫ މަޗް ވިތު ޓުވިންކަލް އެންޑް ކާޖޮލް"ގެ މިދިޔަ ބުދަ ދުވަހު ގެނެސްދިން އެޕިސޯޑުގައި ކުޅުނު ގޭމެއްގައި ކުރި ސުވާލަކަށް ދިން ޖަވާބުގައި ކާޖޮލް ބުނީ ކައިވެންޏަކީ "އެކްސްޕަޔަރީ ޑޭޓެއް" ނުވަތަ ވަކި މުއްދަތެއް އޮންނަން ޖެހޭ ގުޅުމެއް ކަމަށެވެ.
ކާޖޮލްއާ އެކު، އެ ޝޯ ހޮސްޓުކުރާ ބޮލީވުޑްގެ ތަރި ޓުވިންކަލް ކަންނާއި އެ އެޕިސޯޑުގެ މެހުމާނުން ކަމަށްވާ ވިކީ ކައުޝަލް އާއި ކްރިތީ ސެނޮން އެކަމަކު އެކަމަށް އެއްބަހެއް ނުވި އެވެ. އެ ހިޔާލާ އެމީހުން ދެކޮޅެވެ.