ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް ހޮވުނު ދުވުންތެރިންނާ އިނާމު ހަވާލުކޮށްފި
މިހާރު
15 ނޮވެމްބަރު 2025 | ހޮނިހިރު | 8:19
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނަތަކަށް ހޮވުނު މީހުންނާ އިނާމު ހަވާލުކޮށްފި އެވެ.
މި އަހަރުގެ ރޯޑް ރޭހުގެ ވަނަތަކަށް ހޮވުނު ދުވުންތެރިންނަށް ޖުމުލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ދިނީ މިދިޔަ ބުރާސްފަތި ދުވަހު ދިރާގުން ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
މިގޮތުން، 21.1 ކޭ ކެޓަގަރީގެ ޗެމްޕިއަނަށް 25,000ރ. ގެ ފައިސާގެ އިނާމު ދިން އިރު، ރަނަރަޕަށް ދިނީ 15,000ރ. އެވެ.