ކަޝްމީރުގައި އަތުލައިގަތް ގޮވާތަކެތި ޕޮލިސް ސްޓޭޝަނެއްގައި ހުއްޓާ ގޮވައި ހަތް މީހަކު މަރުވެއްޖެ

މިހާރު

15 ނޮވެމްބަރު 2025 | ހޮނިހިރު | 6:07

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އަތުލައިގަތް ގޮވާތަކެތީގެ ބާވަތްތަކެއް ޕޮލިސް ސްޓޭޝަނެއްގައި ބަހައްޓާފައި ހުއްޓާ ގޮވައި ހަތް މީހަކު މަރުވެއްޖެ އެވެ.

އެންޑީޓީވީން އެކި ފަރާތްތަކާ ހަވާލާދީ ބުނީ ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ގޮވާތަކެތީގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ފުލުހުންނާއި ފޮރެންސިކް ތަހުގީގު ޓީމުގެ މީހުން ކަމަށެވެ.

ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެހެންވެ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް