ރޯދަމަހު ކޮންމެ ގެއަކުން ކަރަންޓު ބިލަށް ދައްކަންޖެހޭނީ 400ރ.: ރައީސް
މިހާރު
15 ނޮވެމްބަރު 2025 | ހޮނިހިރު | 7:00
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ގިނަވެގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ. އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާ އެ އަހަރުގެ ރޯދަމަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400ރ. ކަމަށެވެ.