އިސްލާމްދީނުގެ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރަން ބޭނުންވާ މީހުން ދާންވީ އެހެން ގައުމަކަށް: ރައީސް

މިހާރު

15 ނޮވެމްބަރު 2025 | ހޮނިހިރު | 9:33

އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ފުރިހަމަ އަށް އޮންނާނެ ކަމަށާއި އެ ހުދޫދުން ބޭރުން ހިޔާލުފާޅުކުރަން ބޭނުންވާ މީހުން ދާންވީ އެހެން ގައުމަކަށް ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، "ފަރަންޖީ ކޮން ތަނަކުން" ކިތަންމެ ގިނަ ބަޔާނެއް ނެރުނަސް އެ މަނިކުފާނަށް ފަރުވާލެއް ނެތް ކަމަށާއި ރާއްޖޭގައި އޮންނާނީ ދިވެހިން ބޭނުންވާ ގޮތް ކަމަށެވެ.

"އެއީ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން. އެއީ މި ގައުމުގައި ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް