ކޮންޓްރެކްޓަރުންނަށް ނުދީ ހުރި 444 މިލިއަން ދޫކޮށްފި

މިހާރު

15 ނޮވެމްބަރު 2025 | ހޮނިހިރު | 12:48

ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހުރި ފައިސާ ދޫކުރަން މި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދީ ނިންމާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ.

މާލޭގެ އާޓިފިޝަލް ބީޗްގައި ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހު ހަމަވިއިރު، ފައިސާ ދޫކުރުން އޭރުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.

މައުޟޫޢުތަށް