ވީޑިއޯގެ މައްސަލައިގައި ފަސް ބިލިއަން ޑޮލަރާ ހަމަޔަށް ބަދަލު ހޯދަން ބީބީސީއަށް ދައުވާކުރާނަން: ޓްރަމްޕް
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 6:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ، އޭގެ މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ދެއްކި މައްސަލައިގައި ބީބީސީން މާފަށް އެދިފައި ވިޔަސް ފަސް ބިލިއަން ޑޮލަރާ ހަމަޔަށް ބަދަލު ހޯދަން ދައުވާކުރައްވާނެ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ބީބީސީން ވީޑިއޯ މައްސަލައިގައި މާފަށް އެދުމަށް ފަހު ވަނީ ޓްރަމްޕު ޑިމާންޑްކުރައްވާ ބަދަލު ނުދޭނެ ކަމަށް ބުނެފަ އެވެ.
ބީބީސީގެ ޕްރޮގްރާމެއްގައި ދެއްކި އެ ވީޑިއޯގެ މައްސަލަ ބޮޑުވެ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ގުޅުމަށް އަސަރުކުރާ ހިސާބަށް ގޮސްފައި ވަނިކޮށް ބީބީސީގެ އިސް ވެރިންތަކެއް ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އެކަމަކު ޓްރަމްޕު ހުންނެވީ މި މައްސަލައިގައި ދޫ ދެއްވާ ގޮތަކަށް ނޫނެވެ.