އެކައުންޓިން ދާއިރާގެ ބައިނަލްއަގުވާމީ ބޮޑު ދެ ފޯރަމެއް ރާއްޖޭގައި ބާއްވަނީ

މިހާރު

15 ނޮވެމްބަރު 2025 | ހޮނިހިރު | 6:36

އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމު ކޮށްގެން، އެކައުންޓިން ދާއިރާގެ ބައިނަލްއަގުވާމީ ބޮޑު ދެ ފޯރަމެއް ރާއްޖޭގައި މި މަހު ބާއްވާނެ ކަމަށް އެ އިންސްޓްޓިއުޓުން މިއަދު ބުނެފި އެވެ.

ސީއޭ މޯލްޑިވްސް އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން މީރުމާ ހޯލްގައި ބޭއްވި ޓެކްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވީ ސީއޭ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގައި މި މަހު ބާއްވާ ބައިނަލްއަގުވާމީ ބޮޑު އެއް ފޯރަމަކީ "އެނުއަލް މީޓިން އޮފް ދަ އޭޝިއަން، އޯޝަނިއާ ސްޓޭންޑާޑް ސެޓާސް ގްރޫޕް" އެވެ.

މި މަހުގެ 26 އިން 28 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ބާއްވާ އެ ފޯރަމްގައި އޭޝިއާ، އޯޝަނިއާ ސަރަހައްދުގެ ގައުމުތަކުގައި އެކައުންޓިން ދާއިރާގެ ގަވާއިދާއި އުސޫލުތައް ހަދާ އެޖެންސީތަކުން ބައިވެރިވެ މަޝްވަރާ ކުރާނީ ބައިނަލްއަގުވާމީ ގޮތުން އެކައުންޓިން ދާއިރާ އަށް އަންނަމުންދާ ބަދަލުތަކާއި ސަރަަހައްދީ ގޮތުން އިސްކަންދޭން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުންނެވެ.

މައުޟޫޢުތަށް