ޓްރަމްޕުގެ ޣައްޒާ ޕްލޭނަށް ހޯމަ ދުވަހު ސަލާމަތީ މަޖިލީހުން ވޯޓަށް އަހަނީ
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 6:10
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް ހުށަހެޅުއްވި ޕްލޭނުގައިވާ ކަންކަން އދ. އިން ރަސްމީކޮށް ބަލައިގަނެ ތަންފީޒުކުރަން ފެށުމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ހޯމަ ދުވަހު ވޯޓު ނަގަން ތާވަލްކޮށްފި އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނައި ޕްލޭނަށް ސަލާމަތީ މަޖިލީހުގެ ތާއީދު ހޯދުމަށް އެ ކައުންސލްގެ 15 މެމްބަރުންނާ އެކު އެމެރިކާއިން މިދިޔަ ހަފްތާގައި ވަނީ މަޝްވަރާ ފަށައިފަ އެވެ.
މި ޕްލޭނާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ގަރާރުގެ ދެލިކޮޕީއެއް އޭއެފްޕީއަށް ލިބިފައި ވާއިރު އޭގައި ބުނެފައިވަނީ ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް "ބޯޑް އޮފް ޕީސް" ގެ ނަމުގައި އިންތިގާލީ 'މުއައްސަސާއެއް' އުފައްދާށެވެ. މިއީ 2027 ވަނަ އަހަރުގެ ނިޔަލަން މެންޑޭޓް ދީފައިވާ އަދި ރައީސް ޓްރަމްޕު އިސްވެ ހުންނަވާ ބޯޑެކެވެ.