150،000 މީހުންގެ އާބާދީއެއް އޮތް ކުޑަކުޑަ ގައުމަކުން ވޯލްޑް ކަޕާ ގާތަށް
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 9:00
ކިޔުރެސޯއޯ (Curacao) ކިޔާ ގައުމެއްގެ ވާހަކަ ދުވަހަކު ވެސް އަޑުއެހިން ހެއްޔެވެ؟ ގިނަ ބަޔަކަށް ކުރިން އެ ކުޑަކުޑަ ގައުމުގް ނަން ނޭނގުނަސް މިހާރު އެ ކުޑަކުޑަ ގައުމުން އޮތީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ސްޓޭޖާ ފިޔަވަޅަކާ ކައިރީގަ އެވެ.
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޖާގަ އެއް ހޯދުމަށް، 156،111 މީހުންގެ އާބާދީއެއް އޮތް ކުޑަކުޑަ އެ ގައުމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާމިއުޑާއާ ދެކޮޅަށް ކުޅުނު މެޗު 7-0 ން ކާމިޔާބުކޮށް ކިޔުރެސޯއޯ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.