އެމްއައިބީން ކްރޮސް ރޯޑްސްއާ ގުޅިގެން މުރަކަ އާލާކުރަނީ

މިހާރު

16 ނޮވެމްބަރު 2025 | އާދިއްތަ | 10:39

މޯލްޑިވްސް އިސްލާމިކް ބޭންކުން ކްރޮސް ރޯޑްސް މޯލްޑިވްސްއާ ގުޅިގެން މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގުރާމު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ މުރަކަ އިންދުމަށް ހަމަޖެހިފައިވާ ފަޅުގެ އަޑީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ. އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސައި ލެގޫންސް، ކުއިރިއީ ކަލެކްޝަން ބައި ހިލްޓަން އެންޑް ކްރޮސް ރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު، އެލެކްޒެންޑާ ޓްރައިގާ އެވެ.

އެމްއައިބީން ބުނީ ކަނޑު އަޑީގައި އެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގެ ތިމާވެށި އަދި މުރަކަތަކުގެ މުހިންމުކަމާއި މުރަކަތަކުގެ ބޭނުންތެރިކަމާއި މެދު އަހުލުވެރިކަން އިތުރުކުރުމަށް ކަމަށެވެ.

މައުޟޫޢުތަށް