ޝަރީއަތަށް ހާޒިރުވާން ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ

މިހާރު

16 ނޮވެމްބަރު 2025 | އާދިއްތަ | 11:02

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ، ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދަމުން އެބަދެ އެވެ.

އެކަމަކު އެއީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.

އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އެ ތަނުގެ ކުރީގެ ރައީސް ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކޮށްފައިވެ އެވެ.

މައުޟޫޢުތަށް