ރެއާލްގެ މިލްކުވެރިކަން ބަދަލުކުރަން އުޅޭތީ ޕެރޭޒްގެ އާއިލާގައި ދެބަސްވުން
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 11:21
ރެއާލް މެޑްރިޑްގެ މިލްކުވެރިކަން ބަދަލުކުރުމަށް ރެއާލްގެ ކޮންގްރެސް އަށް ޕެރޭޒް ހުށަހަޅާފައިވާ ޕްރަޕޯސަލް އަށް އެ ކްލަބްގެ ނައިބު ރައީސް އަދި ޕެރޭޒްގެ ކޮއްކޮ އެންރީކޭ ޕެރޭޒް ވެސް ދެކޮޅު
ރެއާލް މެޑްރިޑްގެ މިލްކުވެރިކަމަށް ބަދަލު ގެންނަން އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހުށަހަޅާ އިސްލާހުތަކާ އޭނާގެ ކޮއްކޮ ދެކުޅު ހަދައިފި އެވެ.
ރެއާލް މެޑްރިޑްގެ 123 އަހަރުވީ ތާރީހުގައި އެ ކްލަބްގެ ހިންގުމަށް ގެންނަ އެންމެ ބޮޑު ބަދަލުގެ ގޮތުގައި ޕެރޭޒް ހުށަހަޅަނީ އެ ކްލަބްގެ 49 ޕަސަންޓް ހިއްސާ އެކިއެކި ވިޔާފާރިތަކަށް ވިއްކުމަށެވެ.