ނޯލަންގެ "އޮޑެސީ"ގެ ފުރަތަމަ ފެނިލުން
މިހާރު
18 ނޮވެމްބަރު 2025 | އަންގާރަ | 7:20
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ބައެއް މަންޒަރުތައް ފެންނަ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
އެމްޕަޔާ މެގަޒިން އިން މި ހަފުތާގައި އާންމުކުރި އެ ފޮޓޯތަކުގެ ފެންނަނީ އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ ޓޮމް ހޮލެންޑާއި އޭން ހެތުވޭ އާއި މެޓް ޑޭމަން އަދި މިއާ ގޮތެވެ. އެ ފިލްމުގައި އެ ތަރިން ފެންނާނެ ގޮތް އެ ފޮޓޯތަކުން އެނގެ އެވެ.
"ދަ އޮޑެސީ" ޕްރިމިއާކުރުމުގެ އަހަރެއް ކުރިން މިދިޔަ ޖުލައި މަހު ވަނީ އެ ފިލްމަށް ޓިކެޓް ވިއްކަން ވެސް ފަށައިފަ އެވެ. އަދި އެ ފިލްމުގެ ޓީޒާއެއް ނުވަތަ ޓްރެއިލާއެއް ވެސް އާންމެއް ނުކުރެ އެވެ.