ސްޕެއިން އެފްއޭގެ ކުރީގެ ރައީސަށް ބިހުގެ ހަމަލާއެއް، ތުހުމަތު ބޮޑުބޭބެއަށް
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 1:12
އަންހެން ކުޅުންތެރިޔަކަށް ބޮސް ދިނުމުން ސަސްޕެންޑްކޮށްފައި ހުރި، ސްޕެއިން އެފްއޭގެ ކުރީގެ ރައީސަށް ބިހުގެ ހަމަލާއެއް ދީފި އެވެ.
އަންހެނުންގެ ވޯލްޑް ކަޕް 2023، ސްޕެއިން ކާމިޔާބު ކުރުމުން އުފާފާޅުކުރުމުގެ ގޮތުން ރުބިއަލެސް ވަނީ ޓީމުގެ ކުޅުންތެރިޔެއްކަމަށްވާ ޔެނީ ހާމޯސޯގެ ތުންފަތަށް ބޮސް ދީފަ އެވެ.
އެ މައްސަލައިގައި ރުބިއަލެސް ހޫނު ފެނަށް ވެއްޓުނެވެ. ސްޕެއިންގެ އެފްއޭގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް ގޮވާލަމުން ދިޔަޔަސް އިސްތިއުފާ ދޭން އޭނާ ދެކޮޅު ހެދި އެވެ. އެންމެ ފަހުން ސްޕެއިންގެ ކުޅިވަރު ބޯޑުން އޭނާ ސަސްޕެންޑް ކުރަން ނިންމި އެވެ. އަދި ފަހުން ފީފާއިން ވެސް އޭނާ ސަސްޕެންޑް ކުރި އެވެ.