ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނުގެ އިންޓްރެސްޓް ކުޑަކޮށްދޭން ރައީސް އެދިވަޑައިގެންފި

މިހާރު

16 ނޮވެމްބަރު 2025 | އާދިއްތަ | 2:27

ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތައް ނިންމަން 535 ލޯނާއި ވިނަރެސް ފްލެޓް ގަންނަން 26 ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އިޖުތިމާއީ އަދި އަތްފޯރާ އަގުގައި ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ލޯނުތަކަށް ވާތީ އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހަދަން ބީއެމްއެލްއާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް