ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލަން އިސްކޮށް ހުރި މީހާ
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 3:06
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓް ދެ ކޮންޓެއިނަރުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި ބިދޭސީ އަކީ ކޮންޓެއިނަރު ނައްތާލަން އިސްކޮށް އުޅުނު މީހާކަން އެނގިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ އެމްޕީއެލް ބަނދަރުން ވަގަށް ނަގައިގެން ގެންދިޔަ ދެ ކޮންޓައިނަރު ތިލަފުށީގައި ނައްތާލައި، ދެ ކޮންޓެއިނަރު ބާދަނގަޑަށް ކިރުވާފައިވާކަން "މިހާރު" އަށް އެނގިފައިވެ އެވެ. މުހައްމަދު އަލަމިން މިއާ އަކީ އެ މަސައްކަތުގައި އިސްކޮށް ހުރި މީހާ އެވެ.