އީރާންގައި ސިއްރު ނިއުކްލިއާ ފެސިލިޓީއެއް ނުހުންނާނެ: ފޮރިން މިނިސްޓަރު
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 6:48
އީރާނުގައި ޔުރޭނިއަމް ފައްކާކުރާ ސިއްރު ނިއުކްލިއާ ފެސިލިޓީއެއް ނުހުންނާނެ ކަމަށާއި ހުރިހާ ފެސިލިޓީއެއް އދ. ގެ ނިއުކްލިއާ އެޖެންސީން މޮނިޓާކުރި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އީރާނުގެ ނަތަންޒް ފެސިލިޓީ ކައިރީގައި އޮންނަ "ޕިކާސް މައުންޓަން" ނުވަތަ "ކުހް-އޭ ކޮލާންގް" ނަމަކަށް ކިޔާ، ބިމު އަޑީގެ ސިއްރު ނިއުކްލިއާ ސައިޓެއްގައި ނިއުކްލިއާ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
"ހުރިކަން ހާމަ ނުކުރާ ނިއުކްލިއާ ފެސިލިޓީއެއް އީރާނަކު ނުހުންނާނެ. ހުރިހާ ފެސިލިޓީއެއް ރައްކާތެރިކަމާ އެކު ނިއުކްލިއާ އެޖެންސީން މޮނީޓާކުރޭ،" އީރާންގައި ބޭއްވި ފޯރަމެއްގައި އަރަޣްޗީ ވިދާޅުވި އެވެ.