ސަލާމަތީ މަޖިލީހުން ޣައްޒާގެ ޕްލޭން ފާސްކުރުމާ ދިމާކޮށް އިޒްރޭލުން ފަލަސްތީނުގެ ދައުލަތާ ދެކޮޅަށް ނުކުމެއްޖެ

މިހާރު

17 ނޮވެމްބަރު 2025 | ހޯމަ | 7:16

އެމެރިކާއިން އެންޑޯޒްކޮށްފައިވާ، ޣައްޒާގެ ސުލްހައިގެ ޕްލޭން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ވޯޓު ނެގުމާ ދިމާކޮށް އިޒްރޭލުން ވެރިން ފަލަސްތީނުގެ ދައުލަތަކާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.

ސަލާމަތީ މަޖިލީހުން ޣައްޒާއާ ބެހޭ ގޮތުން ފާސްކުރަން އުޅޭ ގަރާރުން ސުލްހައިގެ ޕްލޭނަށް އދ.ގެ މެންޑޭޓް ލިބި ސުލްހަ ބެލެހެއްޓުމަށް ވަގުތީ ފައުޖެއް ވެސް ފޮނުވާނެ އެވެ.

އެހެން ގަރާރުތަކާ ހިލާފަށް މި ގަރާރުގައި، މުސްތަގުބަލްގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ވެސް ހިމެނެ އެވެ. މިއީ ފަލަސްތީނުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓް އެކަމާ ވަރަށް ހަރުކަށިކަމާ އެކު ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.

މައުޟޫޢުތަށް