ޒެމްބިއާ މުބާރާތުގެ ޗެމްޕިއަންކަން ޒަޔާން އާއި ނަބާހާއަށް، ނަބީހާ އާއި ނަބާހާގެ ދެބެއިންނަށް ރިހި
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 7:27
ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގްގެ ޕެއާ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޒެމްބިއާގެ ވެރިރަށް ލޫސަކާގައި މިއަދު ނިންމާލި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންއާ ދެކޮޅަށް ނުކުތީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ.
ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ތަމްސީލު ކުރި ނަބާހާ އާއި ޒަޔާންގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 21-18 އަދި 22-20 ންނެވެ.