ދިއްލީގައި ކާރު ގޮއްވާލީ އަމިއްލައަށް މަރުވެގެން، އެހީތެރިވި މީހަކު ހައްޔަރުކޮށްފި
މިހާރު
16 ނޮވެމްބަރު 2025 | އާދިއްތަ | 8:32
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކާރެއް ގޮއްވާލައިގެން ހަމަލާ ދިނީ މީހަކު އަމިއްލައަށް މަރުވެގެން ކަމަށާއި އެކަމުގައި އެހީތެރިވި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާއިން ފުރަތަމަ ފަހަރަށް ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އިންޑިއާގައި ޓެރަރިޒަމްގެ މައްސަލަތަކަށް ހާއްކޮށްފައިވާ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އަމިއްލައަށް މަރުވި މީހާ އާއި އޭނާއަށް އެހީތެރިވި މީހާ އަކީ ވެސް ކަޝްމީރުގެ އިންޑިއާ ސަރަހައްދަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ.
އިންޑިއާގެ ސިޔާސީ ބާރުގެ ރަމްޒެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި ދިން ހަމަލާގެ ތަހުގީގުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކޮށް އެންއައިއޭ އިން ބުނީ ހަމަލާ ދޭން ބޭނުންކުރި ކާރުގެ ވެރި ފަރާތް ކަމަށްވާ އާމިރް ރަޝީދު އަލީ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ހަމަލާގައި ބައިވެރިވި މީހެއް ކަމަށެވެ.