ހުޅުމާލެއިން ސްޓޯލް ވިއްކާ ކަމަށް ބުނެ ސްކޭމެއް ހިންގަނީ

މިހާރު

16 ނޮވެމްބަރު 2025 | އާދިއްތަ | 8:59

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ބޭއްވުމަށް ސްޓޯލް ވިއްކާ ކަމަށް ބުނެ "ސްކޭމް ހިންގާތީ" އާންމުން އެކަމަށް ސަމާލުވާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ތަންތަނުގައި އިވެންޓް އަދި ފެއާ ބޭއްވުމަށް އެ ކުންފުނިން ނަގަން ޖެހޭ ހުއްދަ ނެގުމަކާއި ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ބާއްވާ އިވެންޓަކަށް ސްޓޯލެއް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީގެ ހުއްދަ އޮތް ބައެއް ކަން ޔަގީން ކުރުމަށް އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަންގެ ނަންބަރު 3336112 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.

މައުޟޫޢުތަށް