މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދެނީ ދެ ކެޓަގަރީއަކުން

މިހާރު

16 ނޮވެމްބަރު 2025 | އާދިއްތަ | 11:37

މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޭނެ ދެ ކެޓަގަރީއެއް ކަނޑައަޅައި މި ސަރުކާރުގެ "ބޯހިވާހިކަން އެންމެންނަށް" ސިޔާސަތު އެކުލަވާލައިފި އެވެ.

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސިޔާސަތު ސަރުކާރުގެ ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސިޔާސަތާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން މިރޭގެ ރަސްމިއްޔާތުގައި ދިން ޕްޒެންޓޭޝަންގައި ބުނީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދިނުމަށް ދެ ސްކީމެއް ހިންގާނެ ކަމަށެވެ. އޭގެ ތެރެއިން ހިންގާ މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުގެ ސްކީމްގެ ދަށުން ގޯތި ދިނުމަށް ދެ ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް