ޕެއިން ކްލިނިކުގައި ސީ-އާމް މެދުވެރިކޮށް ތަދަށް ދޭ ފަރުވާތައް ރަސްމީކޮށް ތައާރަފްކޮށްފި
މިހާރު
17 ނޮވެމްބަރު 2025 | ހޯމަ | 9:51
ތަދުތަކަށް ފަރުވާ ދޭ "ޕެއިން ކްލިނިކް" ގެ ހިދުމަތް ފުޅާކޮށް، ސީ-އާމް މެޝިން މެދުވެރިކޮށް ތަދަށް ދޭ ފަރުވާތައް ރަސްމީކޮށް އިއްޔެ ތައާރަފު ކޮށްފި އެވެ.
މި ހިދުމަތް ތައާރަފު ކޮށްދެއްވީ އިންޑިއާގެ ޑަރާޑިއާ ޕެއިން ކްލިނިކްގެ ފައުންޑަރު ޑރ. ގައުޓަމް ދާސް އާއި ޕެއިން ކްލިނިކްގެ ޗެއާމަން އަލާއު އަލީ އެވެ.
އެ ރަސްމިއްޔާތުގައި އަލާއު ވަނީ، ސީ-އާމް މެޝިންގެ ހިދުމަތާ އެކު، ޕެއިން ކްލިނިކުން ތަދުތަކަށް ދޭ ފަރުވާތައް އިތުރުވެ، ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ މި ފަރުވާ ބޭނުންވެ، އެކަމަކު ރާއްޖެ އިން ބޭރުން ހިދުމަތް ނުލިބި ތިބި ގިނަ ބަޔަކަށް ތަނަވަސްވި ފަސޭހަ މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.